ކޮވިޑް ދެވަނަ ވެކްސިން ޖެހުމަށްފަހު ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ އެންމެން ވެސް ރަމަޟާން މަހުގެ ކުރިން ބޫސްޓަރ ޑޮޒް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 143،477 މީހުން ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެޗުޕީއޭއިން ވަނީ ރަމަޟާން މަހުގައި ކޮވިޑް-19 ގެ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް ހާމަކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ 21:00 އިން 23:00 އަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވެސް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ހަމަ މިވަގުތުތަކުގައެވެ.

މީގެ އިތުރުން އުމްރާގެ އަޅުކަމަށް ވަޑައިންނަވާ ހުރިހާ ފަރާތްތަކުން ޝަރުތު ހަމަވާނަމަ ފުރުމުގެ 2 ހަފްތާ ކުރިން ކޮވިޑް-19 ގެ ބޫސްޓަރ ޑޯޒް ޖެހުން ވަރަށް މުހިންމު ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. ރަމަޟާން މަހު ފުރާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެތަނުން އެދިވަޑައިގެންފައިވެއެވެ.