އެސްޓީއޯ ޕީޕަލްސް ޗޮއިސް ރޭ އަލުން ހުޅުވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމާއި ސަރުކާރުން ވިޔަފާރިކުރުން މަދުކުރުން ކަމަށް އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ. ޢުމަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެގޮތުން ޕީޕަލްޗޮއިސް ހުޅުވިގެން މިދިޔައީ އަމިއްލަ ވިޔަފާރި ތަކަށް ކަމަށް އެމްޑީ ޢަމްރު ވިދާޅުވިއެވެ.

“އެސްޓީއޯ ޕީޕަލްސް ޗޮއިސް މިރޭ ހުޅުވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމާއި، ސަރުކާރުން ވިޔަފާރިކުރުން މަދުކުރުން. މިގޮތުން ޕީޕަލްސް ޗޮއިސް ހުޅުވިގެން މިދިޔައީ އަމިއްލަ ވިޔަފާރިތަކަށް،" އަމްރު ވިދާޅުވެފައިވެއެވެ.

ޕީޕަލްޗޮއިސް ރޭ ހުޅުވައިދެއްވީ ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމެވެ. އެތަން މި ހުޅުވީ ބޮޑުކޮށް ރީތިކޮށް މަރާމާތު ކޮށްފައެވެ. އެސްޓީއޯގެ އެމްޑީ ވިދާޅުވީ ޕީޕަލްސް ޗޮއިސް ބޮޑުކުރެވިގެން މިދިޔައީ އަމިއްލަ ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފުޅާކުރުމުގެ އުންމީދުގައި ކަމަށެވެ. އެގޮތުން ގިނަ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ފުރުސަތުދީ ރައްޔިތުން ބޭނުންވާ ގިނަ ތަކެތި އެއްތަނަކުން ލިބުމުގެ ފަސޭހަ އެތަނުގައި ލިބިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.