މާލޭގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގެރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރުދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެެއެވެ. އެކުންފުނީން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އަންނަ ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން ކުރައްވާ މަސައްކަތެއް ކަމަށެވެ.

"ރޯދަ މަހަށް ތައްޔާރުވުމަށްޓަކައި، މާލޭގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގެރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. އެ މަސައްކަތުގެ ތެރެއިން ކަލާފާނު ސްކޫލުގައި އަލަށް ބެހެއްޓިފައިވާ ޓްރާންސްފޯމަރު މިހާރު ވަނީ އެނަރޖައިޒް ކުރަން ތައްޔާރުވެފައި،" ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން މިހާރުވެސް ގެންދަވަނީ މާލޭގެ އިތުރުން އެ ކުންފުނީން ކަރަންޓުގެ ޚިދުމަތްދެމުން ގެންދާ ރަށްރަށުގެ ކަރަންޓުގެ ހާލަތު މިހާރަށްވުރެ ވެސް ރަނގަޅުކޮށް ފުރިހަމަ ކުރުމަށެވެ.

ރޯދަމަހަކީ އެމަހަކަށްޓަކައި ހުރިހާ ގޮތަކުން ތައްޔާރުވާ މަހެކެވެ. އެގޮތުން ގޭތެރެ ސާފުކުރުމާއި ގެއާއި ބަދިގޭގައި ހިފާ ގެންގުޅު ސާމާނު އައުުކުރުންފަދަ ކަންކަން ހިމެނެއެވެ.