އެމްޑީޕީގެ ކުރިއަށް އެތެރޭގެ އިންތިހާބުގައި 94،000 އަށް ވުރެ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕަސަނާއި އަންހެނުންގެ ރޫހުގެ ރައީސް އާއި ޒުވާނުންގެ ހިތްވަރުގެ ގޮފީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 94،214 މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެ ޕާޓީން މިހާރު ވަނީ ވޯޓްލެވޭ މީހުންގެ ލިސްޓް ވެސް އާންމުކޮށްފަ އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދޭނީ، މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި ތާރީހާ ހަމައަށް ޕާޓީގައި ތިބި މެންބަރުންނަށް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިބި 94 ހާހަށް ވުރެ ގިނަ މީހުންނަށް ތިބި ކަމަށް އެ ޕާޓީން ބުންޏަސް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފުތަރުގައި ތިބީ 54،782 މީހުންނެވެ.