ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް އެމްބިޔުލާން ހަމަުރމުގެ ގޮތުން އެސްޓީއޯއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން އެމްބިޔުލާންސްގެ 4 ވަނަ ޝިޕްމެމްނޓް މާލެ ގެނެސްފިއެވެ.

ހަތަރުވަނަ ޝިޕްމެންޓުގައި ގެނެސްފައިވަނީ 21 އެމްބިޔުލާންސެވެ. މި އެމްބިޔުލާންސްތައް ފޮނުވުން ކަނޑައެޅިފައިވާ ރަށްރަށަށް ވަރަށް އަވަހަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ސަރުކާރުން އެސްޓީއޯއާ ހަވާލު ކޮށްފައި ވަނީ 96 އެމްބިއުލާންސް ގެނައުމަށެވެ. އޭގެތެރެއިން ތިން ޝިޕްމެންޓު މިހާރުވަނީ ރާއްޖެ ގެނެސް ރަށްރަށަށް ވެސް ފޮނުވާފައެވެ. އެމްބިޔުލާންސްތައް ގެނެސް ސަރުކާރާ ހަވާލުކުރުމަށް ދީފައިވަނީ 180 ދުވަހެވެ.