އއ. ހިމަންދޫ މިސްކިތުގެ ފާރުތަކުގައި ކުލަ ލުމަށްޓަކައި، އެެރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުން ބޮޑު އެހީތެރިި ކަމެއް ފޯރުކޮށްދީފިއެވެ. އެގޮތުން އެ މީހުންވަނީ މަގުފާރު ދޮވުމުގެ މަސައްކަތް ކޮށްދީފައެވެ. ރަށު ފެންވަރުގައި ބާއްވާ އިޖުތިމާއީ ހަރަކާތްތަކުގައި ސްޓެލްކޯގެ މުވައްޒަފުންނަކީ އަބަދުވެސް ނަމޫނާ ދައްކަމުންގެންދާ ބައެއް ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

"އއ. ހިމަންދޫ މިސްކިތުގެ ފާރުތަކުގައި ކުލަ ލުމަށްޓަކައި، މަގުފާރު ދޮވުމުގެ މަސައްކަތް ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން ކުރަމުން ދަނީ. ރަށު ފެންވަރުގައި ބާއްވާ އިޖުތިމާއީ ހަރަކާތްތަކުގައި މިކުންފުނީގެ މުވައްޒަފުންނަކީ އަބަދުވެސް ނަމޫނާ ދައްކަމުންގެންދާ ބައެއް،" ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓެެއްގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ޔުޓޮލިޓީ ޚިދުމަތް ކާމިޔާބު ކަމާއެކު ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތެރި ކުންފުންޏެކެެވެ. ސްޓެލްކޯއިން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ލުއިފަސޭހަވާނޭގޮތަށް ޚިދުމަތް ދެއްވުމަށެވެ. އެގޮތުން ކަރަންޓު އިގްތިސާދު ކުރުމަށާއި ސޯލާ ހަކަަތައަށް ދިއުމަށް އެކުންފުނީން ގެންދަނީ ބާރު އަޅުއްވަމުންނެވެ.