ސްޓެލްކޯއިން އަތޮޅުތަކުގެތެރޭގައި ހިންގަމުން ގެންދާ އިންޖީނުގެތަކުގެ ނެޓްވޯކް އަޕްގްރޭޑުކުރުމާއި އިންޖީނުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އަންނަ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ފެށި މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރޭގައި އިންޖީނުގެތައް ޒީނަތްތެރި ކުރުމުގެ ތަފާތު މަސައްކަތައް ވެސް އެކުންފުނީން ގެންދަނީ ކުރައްވަމުންނެވެ.

"ރޯދަމަހަށް ތައްޔާރުވުމަށް މިކުންފުނީގެ އަތޮޅުތެރޭ އިންޖީނުގެތަކުން ނެޓްވޯކް އަޕްގްރޭޑް ކުރުމާއި، ޖަނަރޭޓަރު އޯވާހޯލް ކުރުމުގެ އިތުރުން، އިންޖީނުގެތައް ޒީނަތްތެރިކުރުމުގެ ތަފާތު މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި މަސައްކަތުގެ ދަށުން ހިންމަފުށީ އިންޖީނުގޭގެ ވޯކްވޭގައި ކުލަލައި މިހާރު ވަނީ އިންޖީނުގެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވިފައި ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.