ދެމަހުގެ ތުއްތުކުދަރިފުޅާއެކު، ކުރާ ޙަރަކާތްތަކުން ދުނިޔެއަށް ދަރިފުޅު ހޭނުވޭނެއެވެ. ކުޅިވަރުތައް ތަޢާރަފު ކޮށްދެވޭނެއެވެ. މިފަދަ ޝަޢުގުވެރި ޙަރަކާތްކާއެކު ކުއްޖާގެ ތޫނުފިލިކަން އިތުރުކޮށްދެވޭނެއެވެ. އަދި މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިވެ، ލޯބި އިތުރުވާނެއެވެ. ދެމަސް ވާއިރު ފަރާތްފަރާތަް އެނބުރި އަތް ހަރކާތް ކުރާނެއެވެ. އެހެންކަމުން މައިންބަފައިންގެ އެހީއާއެކު އިތުރު ހުނަރުތައްވެސް ދަސްކޮށްދެވޭނެއެވެ.

* ނާނާ އާއި މަދަޙަ ކިޔުން

ތުއްތު ދަރިފުޅަށް މަދަޙަ އާއި ނާނާ ކިޔައިދިނުމުން ކުދިންނަށް އަޑުއެހުމުގެ ހުނަރު ދަސްވާނެއެވެ. ކުދިން ބަސްވެސް ދަސްކުރާނެއެވެ. ލަސްލަހުން ކުދިންގެ މޫނަށް ބަލަމުން ކިޔައިދޭށެވެ. އެކުދިންގެ ޙަރަކާތުން ޝަޢުޤުވެރިކަން ހާމަވާނެއެވެ.

* ތަފާތު ތަކެތި ދަސްކޮށްދިނުން

ތަފާތު ގަދަ ކުލަ ތަކުގެ ކުޅޭތަކެތި ދައްކާށެވެ. މިގޮތަށް ދައްކާއިރު ދަރިފުޅު ރައްކާތެރި ތަނެއްގައި އުއްޑުން ބާއްވައިގެން މަޑު، ކުޅޭތަކެތި ދައްކާށެވެ. އަދި ދައްކާތަކެތި ދުރުން ކައިރިއަށް ގެންދާށެވެ. އަދި ލަސްލަހުން ފަރާތްފަރާތައްވެސް ގެންދާށެވެ. ދަރިފުޅުގައިގައި އަތްލަމުން މިގޮތަށް ކުޅޭތަކެތި ދެއްކުމުން ކުއްޖާގެ ބެލުމުގެ ހުނަރު ކުރިއަރާނެއެވެ. އަދި ކުއްޖާ އެކަމަށް ޝަޢުޤުވެރިވާމިންވަރުވެސް ދެނެގަންނާށެވެ.

* ހިނިތުންވުން

ދަރިފުޅަށް ހިނުތުންވުސް ދަސްކޮށްދިނުމަކީ ޢިޖުތިމާޢީ ގުޅުން ގާއިމު ކުރުމުގެ ފެށުމެވެ. އެގޮތުން ދަރިފުޅުގެ މޫނާކައިރިވެ، ލޮލަށް ބަލަމުން ހީނލާށެވެ. އަދި ހީލާށޭ ބުނެ ދަރިފުޅަށް ހިނުތުންވާން ދަސްކޮށްދޭށެވެ. މިގޮތަށް ހެދުމުން މަންމަގެ ޙަރަކާތް ދަރިފުޅު ވަރަށް އަވަހަށް ދަސްކުރާނެއެވެ. އަދި މިއީ ދެއަހަރުގެ ތުއްތު ދަރިފުޅާ ގުޅޭ ޝަޢުގުވެރިވާނެ ހަރަކާތެކެވެ.

* ދަރިފުޅާއެކުގައި ފޮތް ކިޔުން

ދަރިފުޅު އުނގުގައި ބައިންދައިގެން ކާޑު ނުވަތަ ފޮތް ކިޔާށެވެ. ތަސްވީރުގެ ނަންތައް އިނގިލި ޖައްސަމުން ބާރަށް ކިޔައިދޭށެވެ. މި ޙަރަކާތުން ކުއްޖާއަށް ފޮތް ދަސްވާނެއެވެ. ތޫނުފިލިކަން އިތުރުވާނެއެވެ. އަދި ބަސް ދަސްކުރާނެއެވެ.

* ކުލަ އާއި އަލި ދަސްކޮށްދިނުން

މި ކުޅިވަރަށް ދަރިފުޅު ހޭނުމަށްޓަކައި އެނދުގެ ވަށައިގެން ކުލަ ގަދަ، މަޑު، ކުޅޭ ތަކެތި އެލުވާށެވެ. ކުއްޖާ އެތަކެތީގައި އަތްލުމަށް މަސައްކަތް ކުރާނެއެވެ. ހަށިގަނޑުގެ ބައިތައް (އަތާއިފައި. ބުރަކަށި، ބޯ،) ހަރަކާތް ކުރަންފަށާނެއެވެ. މި ކުޅިވަރުން ހައިރާންވާހާ އަވަހަށް ދަރިފުޅު ޝަޢުގުވެރިވާ ކުލަތަކާއި އަޑުތައް ދަސްކުރާނެއެވެ. މިއީ ދަރިފުޅު އިޙުސާސް ކުރުމުގެ ހުނަރު ކުރިއެރުވޭނެ ޙަރަކާތެކެވެ.

* އިނގިލީގައި ހިފޭއްޓުން

ދަރިފުޅު ތިބާގެ އިނގިލީގައި ހިފޭއްޓުމަށް ދަސްކޮށްދޭށެވެ. މިކަމުގެ ސަބަބުން ދަރިފުޅާއި މައިމީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެއެވެ. އަދި ދަރިފުޅަށް ރައްކާތެރިކަން އިހުސާސްވާނެއެވެ. ހަމައެހެންމެ ދަރިފުޅު މަސަލަސް ކުރުމަށްވެސް ފަސޭހަވާނެއެވެ.

* ދަރިފުޅާ މުޚާބަތުކުރުން

ދަރިފުޅާ ސީދާ މުޚާތަބުކޮށް ވާހަކަދެއްކުމުން ކުއްޖާގެ އަޑުއެހުމާއި ވާހަކަދެއްކުމުގެ ހުނަރު ކުރި އަރާނެއެވެ. ދަރިފުޅުގެ މޫނަށް ބަލަމުން އޭނަ އާއި ވާހަކަ ދައްކާއިރު އޭނާގެ ނަމުން ގޮވާށެވެ. މިހެން ހެދުމުން ދަރިފުޅަށް އޭނާގެ ނަން ދަސްވާނެއެވެ. ވާހަކަ ދައްކަނީ އޭނާއާކަން އިހުސާސްވާނެއެވެ. އަދި ތިބާއާއެކު އޭނާވެސް އަޑު ލައްވާނެއެވެ. އެ ލައްވާ އަޑަށް ޝަޢުގުވެރިވާކަން އަންގާ އެކަން ތަކުރާރު ކުރުމަށް ބާރު އަޅާށެވެ. މިޙަރަކާތުން ހީވެސް ނުކުރާހާ އަވަހަށް ކުއްޖާ ތަފާތު ބަސްތައް ދަސްކުރާނެއެވެ.

* މުޖުތަމަޢަށް ހޭނުން

ގޭގެ އެހެންމީހުނާއެކު ދަރިފުޅު ގޮވައިގެން ބެރަށް ދާށެވެ. އާއިލީ އެކިއެކި ޙަރަކާތްތަކާއި ހަފުލާތަކާއި ހަފުލާތަކަށް ދަރިފުޅު ގެންދާށެވެ. އޭރުން ދަރިފުޅު އެހެން މީހުން ފެނުމުން ބިގަތުން ކުޑަވާނެއެވެ. އަދި އެހެންމީހުނާއެކު އުޅެން ދަސްވާނެއެވެ. މިގޮތަށް ތަންތަނަށް ގެންދާއިރު އެހާ ބައިބޯ، އަދި އަޑުގަދަ ތަންތަނަށް ގެންދިއުން ރަނަގަޅެއްނޫނެވެ.

މައުލޫމާތު: މަމް ޖަންކްޝަން ( ޑރ ރުބީނާ. އެމްބީބީއެސް، ޑީސީއެޗް، އެމްޗީޕީއެސް، މުރާޖާ ކޮށްފައި)