މަސްތުވާތަކެއްޗާ އެކު އައްޑޫ ހިތަދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުނުން ބުނި އެ އަވަށުގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރި އިރު، ޝައްކުކުރެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓާއި، ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާ އަދި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.