ސްޓެލްކޯގެ އަައިޓީ ނެޓުވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެކުންފުނީން ދެމުން ގެންދާ ބައެއް ޚިދުމަތްތައް މެދުކެނޑިޖެއެވެ. އެގޮތުންް "ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތަކާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހުރިހާ ހިދުމަތެއް" ވަނީ މެދުކެނޑިފައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

އެކުންފުނީން މިހާރުގެންދަވަނީ ވީހާވެސްއަވަހަކަށް މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. މި ޚިދުމަތްތައް މެދުކެނޑުމުން ކަސްޓަމަރުންނަށް "ދިމާވާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން،" ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެކުންފުނީން ވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު 14:00އިން 15:30އަށް ހެންވޭރާއި ގަލޮޅުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން، މޫނިމާހިނގުން އަދި އިރުދޭމާ ހިނގުމާއި ދޮންއަދަރާދަ މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.