ދާދިފަހުން ހެދި ދިރާސާއަކުން އެނގުނުގޮތުގައި ކެއްކުމުގެ ސަބަބުން އިންސާނުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރު ކޮށްދެއެވެ. މި ދިރާސާކުރީ އޮސްޓްރޭލިޔާގެ އެޑިތް ކޯން ޔުނިވަރސިޓީ (އީސީޔޫ) އާއި އެގައުމުގެ އެހެން ޔުނިވަރސިޓީތައްވެސް ބައިވެރިވެގެންނެވެ.

ދިރާސާގައި ބައިވެރިވި 657 މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ހުންނަންވާވަރަށްވުރެ ބަރުދަން އިތުރު ވެފައިވާ މީހުންނެވެ.

7 ހަފުތާއަށް ހިންގި ރަނގަޅުކާނާ ތައްޔާރުކުރަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމް ފެށުމުގެ ކުރިން ބައިވެރިންގެ ސިއްޙީ ދުޅަހެކަން ތަހުލީލު ކުރިއެވެ. އަދި ޕްރޮގްރާމު ގެ ތެރެއިން ބައިވެރިންގެ އުޅުމަށް އަންނަ ބަދަލުވެސް ބަލަމުން ގެންދިޔައެވެ. މި ޕްރޮގްރާމު ނިމުމާއެކު އަނެއްކާވެސް ބައިވެރިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އައިސްފައިވާ ބަދަލު ބެލިއެވެ. ނަތީޖާ އަކީ ޕްރޮގްރާމު ނިމުނު އިރު ބައިވެރިންގެ ސިއްޙީ ދުޅަހެޔޮކަމަށް ހެޔޮބަދަލުތަކެއް އައިސްފައިވުން ކަމުގައި މިދިރާސާގައި އިސްކޮށް އުޅުނު ޖޮންނާ ރީސް ގެ ބަޔާނުގައި ވެއެވެ. އަދި މި ހެޔޮބަދަލު ހަމަސްދުވަހަށް ދެމިގެން ދިޔަކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ދިރާސާގެ މައުލޫމާތު ޝާޢިއު ކުރި "ޖޯނަލް ފްރޮންޓްއާސް އިން ނިއުޓްރިޝަން" ގައި ވަނީ މި ޕްރޮގްރާމުގެ ސަބަބުން ބައިވރިންގެ ކެއިން ބުއިމުގެ އާދަކާދައާށް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް އެމީހުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު ތަކެއް އައި ކަމަށެވެ.

މި ކެއްކުމުގެ މި ޕްރޮގްރާމުގައި ބައިވެރިވި އެންމެނަކީވެސް އަމިއްލަ އަށް ބޭނުންވެގެން ދިރާސާގައި ބައިވެރިވި މީހުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެސަބަބުން ސިއްޙީ