އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފިއެވެ.

އަލީ ނީޒާރާ ހަވާލާދީ "އައްޑޫ ލައިވް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކާރަށް ސްޕްރޭކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ނިޒާރު ވިދާޅުވީ އެއީ ސިޔާސީ ގޮތުން ދިމާކުރަން ބަޔަކު ކޮށްފައި އޮތް އެއްވެސް ތާކުންތާކު ނުޖެހޭ އަމަލެއް ކަމަށެވެ.

މޭޔަރުގެ ކާރުގެ ސްޕްރޭކުރުމުގެ އިތުރަށް "އިންޑިއާ އައުޓް" އިބާރާތް ފެނަކަ ހިތަދޫ އޮފީހުގެ ފާރަށް ވެސް ހަމަ ނޫކުލައިން ސްޕްރޭކޮށްފައިވެ އެވެ.