ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ހުޅުވައިފިއެވެ.
މިތަން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އައުޓުލެޓު ހުޅުވައި ދެއްވީ އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދާއި އެސްޓީއޯ ބޯޑު މެމްބަރު އައިމިނަތު ރުޝްމާއެވެ.
މި އައުޓުލެޓަކީ ނޯޓް ކޮސްމެޓިކްސްއިން ރާއްޖޭގައި ގާއިމްކުރި އެ ކުންފުނީގެ ދެވަނަ މޮނޯ އައުޓްލެޓެވެ. ތަން ހުޅުވުމަށްފަހު ނޯޓް ކޮސްމެޓިކްސް މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި އެސްޓީއޯއާ ހާވާކުރިއެވެ. ރަމްޒީ ތަޅުދަނޑިއާ އެސްޓީއޯގެ އިން ޙަވާލުވެ ވަޑައިގެންނެވީ އެމްޑީ ޢަމްރެވެ. ތަޅުދަނޑި ޙަވާލުކޮށްދެއްވީ ނޯޓް ކޮސްމެޓިކްސްގެ ރީޖަނަލް ޑައިރެކްޓަރު ސިހާނެވެ.
މިތަނުގެ ސަބަބުން މި ބްރޭންޑުގެ ކޮސްމެޓިކްސް ރާއްޖެއިން ގަތުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެއެވެ.