އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕޭން އޮފީހެއް އައްޑޫގައި ހުޅުވައިފި އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ މި އޮފީސް ހުޅުއްވައި ދެއްވީ ފައްޔާޒެވެ. މިއީ ރޮޒައިނާ އާއި ފައްޔާޒުގެ ކެމްޕޭން އޮފީހުގެ ގޮތުގައި އައްޑޫގައި ހުޅުވި ފުރަތަމަ އޮފީހެވެ.

އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފައްޔާޒާއި ރޮޒައިނާ އަށް ތާއީދުކުރައްވާ މެންބަރުންނާއި އެ ދެ ބޭފުޅުންގެ ގިނަ އަދަދެއް ސަޕޯޓަރުން ބައިވެރިވި އެވެ.

"ވަޑައިގަންނަވާ ހިންގާލަން" އޮފީހަކީ ފައްޔާޒުގެ ފަރާތުން އައްޑޫގައި ހުޅުވި ފުރަތަމަ އޮފީހެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމުގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު އައްޑޫގެ ގިނަ ބަޔަކު ތާއިދު ކުރަނީ ފައްޔާޒު އާއި ރޮޒޭއަށެވެ. އެކަން ފައްޔާޒާ ރޮޒޭ ކެމްޕެއިނަށް އައްޑު އަށް ކުރެއްވު ދަތުރުފުޅުން ފެނިގެން ގޮސްފައިވެ އެވެ.