ރައްޔިތުންގެ އިތުބާރު ފުލުހުންނާމެ ދެމިއޮންނާނީ ޤާނޫނު ނެގެހެއްޓުމާއެކު ދަމަހައްޓައިގެން ކަމަށްކުރީގެ ނާއިބު ރައީސް ޑރ. މުޙައްދު ޖަމީލް އަޙުމްދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ކޯޓު އަމުރެއްނެތި ފުލުހުން އައްޑޫސިޓީ ހިތަދޫ ބައެއް ގެތަކަށް ރޭ ވަދެ މީހުން ހައްޔަރު ކުރިކަމަށް މީޑިއާއިން ރިޕޯޓު ކުރުމުން އެކަމާ ގުޅިގެންނެވެ.

ޖަމީލް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ "ޚާއްސަ ޙާލަތްތަކުގައި ކޯޓު އަމުރުނެތި ހައްޔަރުކުރުމާއި ގޭގެއަށް ވަނުމަށް ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރު ބޭނުންކުރަންވާނީ އަމާނާތްތެރިކޮށް،" ކަމަށެވެ.

އެގޮތުން އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ވެރިފަރާތުން އެދުމުން އެގެއަކަށް ވަން ސަބަބު ހާމަކުރުން ލާޒިމް ކަމަށް ވެސް ވެސް ވިދާޅުވެފައި ވެއެވެ. އެހެން ކަމުން "އިތުބާރު ދެމެހެއްޓޭނީ ޤާނޫނު ނަގަހައްޓައިގެން،" ކަމަށް އޭނާ ވިދާޅުވިއެވެ.