ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަޙައްދީ ދާރުލްއާސާރާއި ހއ.އުތީމު ގަނޑުވަރު އާންމުންނަށް ހުޅުވާލާފަ ހުންނާނެ ގަޑިތައް

މި ފެށޭ ރަމަޟާން (ރޯދަ) މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތައް ހާމަކޮށްފިއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވެފައިވަނީ އެ ދެތަން ހުޅުވާފައި ހުންނާނީ އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. އަދި ޓިކެޓް ވިއްކާނީ ހެނދުނު 9:15 އިން މެންދުރު 12:30 އަށް ކަމަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ގައުމީ ދާރުލްއާސާރު ބަންދުވާނެ ކަމަށް ވެސް ވިދާޅުވެފައިވެެއެވެ.

ހއ.އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އުިން 13:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 9:15 ން މެންދުރު 12:30 އަށެވެ. ހުކުރު ދުވަހާއި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްގައި އުތީމު ގަނޑުވަރު ބަންދުވާނެ ކަމަށް ވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވެފައިވެއެވެ.