ސްޓެލްކޯގެ ކައުންޓަރުތަކާއި ސޭލްސް ސެންޓަރުތައް މާދަމާ ބަންދު ވާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެ ކުންފުނީން މިގޮތަށް ނިންމެވީ މާދަމާއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމުންނެވެ.

ރަމަޟާންމަހު އެކުންފުނީގެ ރަސްމީގަޑިއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ރަމަޟާން މަހު އެކުންފުނީގެ ރަސްމީގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:30 އެވެ.

ރޯދަމަހު ސޭލްސް ސެންޓަރުތަކުން ޚިދުމަތް ލިބޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:30 އިން 10:00 އަށް ކަމަވެސް ވެެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.