އިންޑިއާ ގައި ޓިކްޓޮކް މަނާކޮށްފައި އޮތުމުގެ ސަބަބުން ކަޝްމީރުގެ ދެ ޒުވާނަކު ވެގެން ޓިކްޓޮކްގެ ބަދަލުގައި ވީޑިއޯ ޝެއަރކުރާނެ އެޕެއް އުފައްދައިފިއެވެ.
ޓީޕޫ ސުލްތާން ވާނީއާއި އޭނަގެ ބޭބެ، މުހައްމަދު ފާރޫގް ގުޅިގެން ކޯޑްކޮށްފައިވާ މިއެޕަށް ދީފައިވާ ނަމަކީ NUCULAR އެވެ. މި ދެބޭންނަކީވެސް ކޯޑް ކޮށް އުޅޭ ދެމީހުންނެވެ.
އިންޑިއާ އާއި ޗައިނާގެ ދެމެދު ގެލްވާން ވާދީގައި ހަމަނުޖެހުން ހިނގުމަށްފަހު އިންޑިއާއިން ވަނީ ޗައިނާގެ އެޕްތައް އިންޑިއާގައި ބޭނުން ކުރުން މަނާކޮށްފައެވެ.
ޓީޕޫ ސުލްތާންގެ މި އެޕަކީ، މިކަމާ ގުޅިގެން އުފެއްދި ފުރަތަމަ އެޕެއް ނޫނެވެ. އޭނާ ވަނީ ޗައިނާގެ SHAREit މަނާ ކުރުމާ ގުޅިގެން File Share Toolވެސް އުފައްދާފައެވެ.
މި ދެބޭން ބުނާ ގޮތުން އެމީހުންގެ އެޕަށް މީހުންގެ ފަރާތުން ރަނގަޅު ތާއީދެއް ލިބިފައި ވެއެވެ.
މި ދެ އެޕްވެސް ވަނީ، ގޫގްލް ޕްލޭ ސްޓޯރަށް ލާފައެވެ. މި ވީޑިއޯ އެޕްގައި ފިލްޓަރތައްވެސް ހިމަނާފައިވާނެ ކަމަށް ބުނެއެވެ. އަދި އިތުރު އަޕްޑޭޓްތައް ގެންނާނެ ކަމަށްވެސް ވެއެވެ. ފަސް ސިކުންތުން 60 ސިކުންތުގެ ދިގު ވީޑިއޯތައް 4Kރެޒަލޫޝަން ގައި ލެވެއެވެ.