ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ އަހުމަދު އަލީ، 32، އާއި ހަމަ މޮއިމިނާ ޤުލްފާމް، 20، އެވެ.

އެމީހުން ހައްޔަރުކުރީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުންނެވެ.

މަސްތުވާތަކެތި ފެނިފައި ވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރި އިރު ދަބަހުންނާއި އެ މީހުންގެ ހަށިގަނޑު ތެރެއިންނެވެ.

މި މައްސަލައިގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.