އެސްޓީއޯއިން ލުނބޯ އަގުހެޔޮދީފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލުނބޯ ކިލޯއެއް މިހާރު ވިއްކަނީ 45 ރުފިޔާއަށެވެ. އެތަނުން ކޮންމެ މީހަކަށް ވިއްކަނީ ލުނބޯ ކިލޯއެކެވެ. އެހެންނަމަވެސް އެސްޓީއޯ އެގްރިސެންޓަރުން މީހަކަށް 3 ކިލޯގެ ރޭޓުން ލުނބޯ ވިއްކާނެއެވެ.

އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.