ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމާއި އެ ކުންފުނީގެ ބައެއް އިސްވެރިން މާލެ އަތޮޅު މާފުށްޓަށް ވަޑައިގެންފިއެވެ. އެ ބޭފުޅުން މާފުށްޓަށް ވަޑައިގެންނެވީ އިއްޔެއެވެ.

މި ދަތުރުގައި ވަނީ މާފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ވަނީ މާފުށީގެ ތަރައްގީގައި ސްޓެލްކޯގެ ދައުރު އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާއިމެދު މަޝްވަރާ ކުރައްވާފައެވެ. "މީގެ އިތުރުން މި ޒިޔާރަތުގައި މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވަނީ މިކުންފުނީގެ މާފުށީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެމުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައި،" ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.