ބޭނުންވާ ތަކެތި

1 ޖޯޑު ފެނުކެއްކި ކުކުޅު (އަތުން ވީދާ ކުދިކޮށްފައި)

2 އަލުވި (މަޑުކޮށްފައި)

1 ފިޔާ (ކުޑަ)

1 ގިތެޔޮމިރުސް

1 ސައުސަމުސާ އަސޭމިރުސް

1 ސައިސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ ބަޓަރ

½ ލުބޯ ހުތް

1 ބިސް

1 ޖޯޑު ފާރޮށި ކުނޑި

ކުޑަ ރީނދޫކޮޅެއް

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

ފިޔައާއި މިރުސް ކޮށާލާށެވެ. މަޑުކުރި އަލުވިކޮޅު އަތުން ހިމުން ކޮށް ޗަސްކޮށްލާށެވެ. ދެން ތަވަޔަކަށް ބަޓަރ ކޮޅު އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ބަޓަރ ދިޔާވުމުން ފިޔައާއި މިރުސް އަޅާށެވެ. ދެން ދޭފަތަކުން ހަލަމުން މިތަކެތިހަނާކޮށްލާށެވެ. އެއަށްފަހު ކުކުޅު އަޅާށެވެ. ދެން ހަވާދުގެ ބާވަތްތައް އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނަގަޅަށް އެއްވުމުން އަލުވިވެސް އަޅާ ހުރިހާއެއްޗެއް އެއްކޮށް ހަނާކޮށްލާށެވެ. ހަނާވުމުން ލުނބޯ ހުތް ޖަހާ އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން ހިހޫވުމުން ރޯލް ހަދާށެވެ. އެއަށްފަހު ބިހަށްލައި، ފާރޮށި ކުނޑި އުނގުޅުމަށްފަހު ތެއްލާށެވެ. ތެއްލާއިރު ތެޔޮގަނޑު ހޫނު ވުމުން ނޫނީ ރޯލް ނުލާށެވެ.