ގދ. ތިނަދޫގައި ރަހީނުކުރި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި މިއަދު ހަވީރު 17:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އޭނާ ރަހީނުކުރި ކަމުގެ ތުހުމަތުގައި ހަތަރު ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެއީ 38 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެކެވެ.

ތަހުގީގު ކުރިއަށްދާތީ މައްސަލައިގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.