އދ. ފެންފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ފެންފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް 1382 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މި މަސައްކަތް ނިމުމާއެކު، ފެންފުއްޓަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.