މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފެށުމާ ގުޅޭ ނޫސް ބަޔާން
ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްވެރީން ބާނާމަސް ކޫއްޑުއަށް ނުކިރޭތީ މަސްވެރިން ވަނީ އެރަށު ބަނދަރުގައި މުޒާހަރާއއް ުރަން ފަށައިފައެވެ.
އެމުޒާހަރާއާ ގުޅިގެން ސަރުކާރާއި މިފްކޯއިން މަޝްވަރާ ކުރުމަށްފަހު މިހާރުވަނީ މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށައިފިއެވެ.
މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދައިފައެވެ. އަދި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ސަރުކާރުން މިހާރުވަނީ ކޫއްޑޫގައި ހަމަޖައްސާފައެވެ.
މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެމަސްވެރިންނަށް ވަނީ އަންގާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މިވަގުތު ކޫއްޑޫ ފަޅުގައި ތިބި ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް ކިރޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މަސްވެރީންގެ މުޒާހަރާގައި ގޮވާލާފައިވަނީ ކޫއްޑޫގެ ކެޕެސިޓީ އިތުރުކޮށް މަސްވެރިން ބާނާ ހުރިހާމަހެއް ގަނެވޭނޭ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައި ދެއްވުމަށެވެ. އަދި އެއްވެސް ދަތިކަމެއްނެތި އައިސް ލިބޭނޭ އިންތިޒާމް ވެސް ހަމަޖައްސައި ދިނުމަށް މަސްވެރީން ވަނީ ގޮވާލައިފައެވެ.