އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް 3 ވަނަ ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ. ބްރިޓްނީ ބަލިވެ އިންކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ވީޑިއޯ އެއް ގައެވެ.
އުމުރުން 40 އަހަރުގެ ބްރިޓްނީ ބަލިވެއިނީ އޭނާ ސިއްރުން ކައިވެނި ކޮށްގެން އުޅޭ ފިރިމީހާ ސޭމްގެ ދަރިއަކަށެވެ. އުމުރުގެ ބޮޑު ތަފާތެއް ހުރި ނަމަވެސް އުމުރުން 28 އަހަރުގެ ސޭމް އާއެކު ބްރިޓްނީ ހޭދަކުރަނީ އުފާވެރި މިނިވަން ހަޔާތެއްކަމަށް އޭނާ ބުނެއެވެ.
ބްރިޓްނީ 2004ވަނަ އަހަރު ބެކްއަޕް ޑާންސަރ ކެވިން ފެޑަލިން އާ ކައިވެނިކޮށް ދެ ފިރިހެން ކުދިން ލިބިފައި ވެއެވެ. މިދެމީހުން 2007 ވަނަ އަހަރު ވަނީ ވަރިވެފައެވެ. ވަރި ވުމަށްފަހު ބްރިޓްނީގެ މެންޓަލް މައްސަލަތަކެއް ދިމާވެ އޭނާ މަސްތުވާތަކެތި ބޭނުންކޮށް އަމިއްލަ ހަށިގަނޑަށް ގެއްލުންދީ ހެދިއެވެ. މި މައްސލައާއި ގުޅިގެން ބްރިޓްނީ ގެ އާއިލާއިން ކުދިން ބެލުމުގެ ޒިންމާ ނަގައި އޭނާއަށް ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވައި ފަހުން އެހާލަތުން އަރައިގަތެވެ. އެހެން ނަމަވެސް އޭގެ ފަހުން ބްރިޓްނީގެ ބައްޕަ ވަނީ އޭނާގެ ހުރިހާ ފައިނޭންޝަލް އިންކަމްތައް އޭނާގެ ބެލުމުގެ ދަށަށް ބަދަލުކޮށް ބައެއް ކަންތަކުން އޭނާ ހިފަހައްޓާ ފައެވެ. ދާދި ފަހުން ބްރިޓްނީ ވަނީ އޭނާގެ ބައްޕަ ހިފަހައްޓާފައިވާ އޭނާގެ ބޭންކް އެކައުންޓް އަނބުރާ ދިނުމަށް އެދި، އަދި ކުރީގެ ގޮތަށް މިނިވަން ކޮށް އޭނާ އުޅެން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިފައެވެ.
މި ދެމަފިރިންނަށް ދަރިޔަކު ލިބެން އުޅޭކަމަށް ސޭމް ވެސް ވަނީ މީސްމީޑިއާގައި އިއުލާންކޮށްފައެވެ. ބްރިޓްނީ ބަލިވެ އިންކަން އެނގުމުން އޭނާގެ ކުރީގެ ފިރިމީހާ އެ ދެމަފިރިންނަށް މަރުހަބާ ކިޔާފައި ވެއެވެ. ބްރިޓްނީ 1992 ވަނަ އަހަރުން ފެށިގެން ވިދަމުން އައި ލަވަ ކިޔުންތެރިޔާ އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ މީހުންގެ މެދުގައި ހިޓު އެތައް ލަވައެއް ކިޔައި އެ ލަވަތަކަށް ނަށާފައިވާ ތަރިއެކެވެ.