ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެމައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެމުން އަންނަކަމަށެވެ.