ހުޅުމާލޭގައި ހުންނަ "ޚާންޖީ" ނަމަކަށްކިޔާ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިޙާދިސާގައި މަރުވީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެއީ އެ ރެސްޓޯރެންޓުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަށް ހަމަލާދިނީ ހަމަ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނު މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިޙާދިސާއަށްފަހު ޕާކިސްތާނު މީހާ ވަނީ ފިލާފައިކަމަށާ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މިޙާދިސާ ހިނގީ މިއަދު ހަވީރު 5:15 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.