ބޭނުންވާ ތަކެތި

3 އަލުވި (ކައްކާ މަޑުކޮށްފައި)

2 މޭޒުމަތީސަމުސާ ބަޓަރ

1 މޭޒުމަތީސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ ފުށް

2 ޖޯޑު ފުލްކްރީމް މިލްކް

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

½ މޭޒުމަތީސަމުސާ ވައިޓް ޕެޕާ ޕައުޑަރ

¼ ޖޯޑް ޗްރީމް

½ ޖޯޑު މޮޒެރެއްލާ ޗީޒް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ތަވައެއް އުނދުންމައްޗަށް އުދުމަށްފަހު ބަޓަރ އަޅާށެވެ. ބަޓަރ ދިޔާ ވުމުން ފުށް ކޮޅު އަޅާށެވެ. އެއަށްފަހު ދޭފަތަކުން ގަނޑުވިޔަ ނުދީ ރަނގަޅަށް ހަލާށެވެ. ދެން ފުލްކްރީމް މިލްކް އަޅާށެވެ. އަދި އަސޭމިރުހާއި ލޮނުވެސް އަޅައިގެން އޮލަވަންދެން ކައްކާލާށެވެ. އޮލަވުމުން ކްރީމް އަޅާށެވެ. ކްރީމާ އެކު ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން އަވަނަށް ލާނެ ޓްރޭއެއްގެ ފުލުގައި ތެޔޮ ނުވަތަ ބަޓަރ އުނގުޅާފައި މަޑުކުރި އަލުވިތައް ވައްފޮއްޗަށް ކޮށައި ޓްރޭގައި އަތުރާށޭވެ. އެއަށްފަހު މައްޗަށް ކެއްކި ކްރީމް އަޅާށެވެ. ދެން ފޮއިލުން މަތި ބަންދުކުރުމަށްފަހު އަވަނަށް ލައި 10 މިނެޓް ފެހެލާށެވެ. އެއަށްފަހު އަވަނުން ނަގައި މައްޗަށް މޮޒެރައްލާ ޗީޒް އަޅާށެވެ. ދެން އަނެއްކާވެސް އަވަނަށް ލައި 10 މިނެޓް ބަހައްޓައިގެން ފިހެލާށެވެ. ފިހެ ނިމޭއިރު ޗީޒްތަކަށް ހުންނަނަވާނީ ރަންކުލަ އަރާފައެވެ. އޭރަށް ޕްޓޭޓޯ ގްރޭޓިން ތައްޔާރުވީއެވެ.