ދެ ކޮރެއާ ދެމެދު މަސްރަހު ހޫނުވެފައި އޮތްނަމަވެސް، އުތުރު ކޮރެއާއާއި ދެކުނު ކޮރެއާގެ ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޚުޝާމަދުކޮށް ސިޓީފުޅުތައް ބަދަލު ކުރައްވައިފިއެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖާއި، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުންއަށް ސިޓީފުޅެއް ފޮނުއްވީ އޭނާގެ ދައުރު ހަމަވުމާ ގުޅިގެން ކިމް ޖޮންގ އުން ދެކޮރެއާގެ ސުލްހައަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެއެވެ. ކިމް ޖޮންގ އުންވެސް ވަނީ ރައީސް މޫންއަށް ތައުރީފް ކުރައްވައި ސިޓީފުޅެއް ފޮނުއްވާފައެވެ.

ދެކުނު ކޮރެއާގެ ރިއާސީ އިންތިޚާބުގައި ހޮވިވަޑައިގެންފައިވާ އަރީސް މުންތަޚަބު ޔޫން ސޮކް ޔޯލް މަގާމާ ޙަވާކުވެ ވަޑައިގަންނަވާނީ މެއި 10 ގައެވެ.

އޭނާއަކީ ކުރިން ޕްރޮސެކިއުޓަރުކަން ކުރެއްވި ލޯޔަރެކެވެ. ދެކުނު ކޮރެއާގެ ކުރީގެ އަންހެން ރައީސް ޕާކް ގުންހީ އާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާކޮށް އޭނާ ޖަލަށްލާފައިވަނީ ޔޫންގެ ތަހުގީގާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގައި އޭނާ ވަނީ ޕާކްގެ ގެކޮޅަށް ވަޑައިގެން އޭނާއާ 50 މިނެޓް ވަންދެން ބައްދަލު ކުރައްވާފައެވެ. ޔޫންގެ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ޕާކްއަށް ދައުވަތު ދެއްވައި ޔޫން ވަނީ ޕާކް ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތް ދުވަސްތަކާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޕާކް ގުން ހީއަކީ ޒަމާނީ ދެކުނު ކޮރެއާގެ ބައްޕަ ރައީސް ޕާކްގެ ދަރިފުޅެކެވެ.