މަސްޖިދުލް އަގްސާގެ ބުރާގު ފާރުކަރީގައި ތިބެގެން ޔަހޫދީން ތައުރާތް ކިޔަވާއަޑާއި ޔަހޫދީ ވަޒަންވެރިންގެ މިއުޒިކުގެ އަޑުން މަސްޖިދުލް އަގްސާގެ ހަރިއްމަ އޮންނަނީ ގުގުމާފައެވެ. މިސްކިތުގެ ތެރޭން ބައިބަޔަށް މީހުން ތިބެގެން ކީރިތި ޤުރުއާން ކިޔަވާ އަޑު އޮންނަނީ ޔަހޫދީންގެ އަޑާހެދި ފަނޑުވެފައެވެ.

މަސްޖިދުލް އަގްސާގެ ޙުރުމަތް އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ވަނީ އެއްފަހަރަށް ވުރެން ގިނައިން މިދޔ ފަސް ދުވަސްތޭގައި ކަނޑާފައެވެ. އެމީހުން ވަނީ ނަމާދަށް ގޮސްތިބި މީހުންނަށް ރަބަރު ވަޒަނުން ހަމަލަ ދީފައެވެ. އަދި ކުޑަ ކުދިންނާއި އަންހެނުންގެ ގައިގައި މުގުރުން ތަޅައި ހަދާފައެވެ.

އިޒްރޭލުގެ ޒަޔަނިސްޓް ސިޔާސަތަކީ ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތެއް ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖެރޫސަލަމްގެ ސާމީ ޑުއެޓް ވެސް ހިމެނޭ ކަމަށް، އެތައް ސިފައިންނެއް ގެ ގައިގައި ތަޅައި، ހިބްރޫ ބަހުން މުޚާތަބުކޮށް ވާހަކަ ދައްކަމުން ބުނެފައި ވެއެވެ:"ތައުރާތުގައި އޮންނަނީ، އަލްއަޤްޞާއަށް ވަދެގަނެ ހުރުމަތް ކެނޑުމަކީ ޔަހޫދީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ކަމަށް، ނަމަވެސް ސިޔާސީ މަޤްޞަދެއްގައި، ހައްދުފަހަނައަޅާފައިވާ ރާބާއިންގެ ވަހުމްތަކަށް ތަބާވާ ބައެއްގެ ގޮތުގައި ސިފައިން އަލްއަގްސާގެ ހުމރުމަތް ކަނޑާލަނީ. އެއްވެސް މުސްލިމަކަށް އެގޮތަށް ޔަހޫދީ ފައްޅިއަކަށް ވަނުމުގެ ހުއްދަ ދޭނެތަ؟ ކަލޭމެންގެ ފައްޅިއާ ކައިރިވާ މީހަކަށްވެސް ބަޑިން ހަމަލަ ދެނީ. އެކަމަކު އަހަރަމެންގެ މިސްކިތުގެ ހުރުމަތް ކަލޭމެން ކަނޑާލަނީ" އިބްރާނީ ބަހުން ޔަހޫދީ ޒަޔަނިސްޓް ސިފައިންނާ މުޚާތަބު ކޮށް ގުދުސްގެ ރައްވެއްސެއްކަމަށްވާ ސާމީ ދުވައްޔާތު ބުންޏެވެ.

މިދިޔ ފަސްދުވަސް ތެރޭގައި ޔަހޫދީ ވަޒަންވެރިންގެ 3670 މީހުން ވަނީ އަލްއަގްސާގެ ހުރުމަތް ކަނޑާލާފައެވެ.