އިޒްރޭލުގެ ލިޔުންތެރިޔާ މީރޯން ރާބޯބޮޓް މިޑްލްއީސްޓް އައިގައި ލިޔެފައިވާ ތަހުލީލެއްގައި ބުނެފައި ވަނީ ފަލަސްތީނު އެއިތީ ތިންވަނަ އިންތިފާޟާއަކަށް އުތުރި އަރަން ތައްޔާރަށެވެ. އަދި މިހެން ދިމާވެއްޖެ ހާލަތެއްގައި އިޒްރޭލުން ވާހަކަ ދައްކާނެ ފަރާތެއް ފަލަސްތީނަކު ނޯންނާނެ ކަމަށެވެ. ފަލަސްތީނުގެ އިންތިޚާބެއް ނުބޭއްވިފައި ވުމާއި ރައީސް އައްބާސްއާއި ފަތަހަ/ޕީއެލްއޯގެ އިތުބާރު ގެއްލިފައި ވުމާއި ޙަމާސްގެ މަގްބޫލުކަން އިތުރު ވެފައި ވުމުން އިޒްރޭލަށް ބޮޑަށް ގެއްލުން ވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ލިޔުންތެރިޔާ ބުނެފައި ވަނީ އާ އިންތިފާޟާއެއް އަންނާން މަސްރަހު ފައްކާވެފައި ވަނީ އިޒްރޭލުން ފަލަސްތީނު މީހުންނަށް ފިއްތަމުން ދިއުމާ ގުޅިގެންނެވެ.
އިޒްރޭލުގެ ބާރުގަދަ ސަރުކާރެއް ނެތުމާއި މިހާރު އޮތް ބައިމަދު ސަރުކާރަށްވެސް ފަލަސްތީނާ ވާހަކަ ދެއްކުމުގެ އެއްވެސް ޗެނަލެއް ނެތުމަކީ ދިމާވެ ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ލަފާ ކުރެއެވެ.
އޭގެ އިތުރުން އިޒްރޭލު ސިފައިން ހުޅަނގު އައްސޭރިއާއި ގައްޒާގައި ތިބޭ އިރު ދީނީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ މީހުން އެމީހުން ކޮންޓްރޯލު ކޮށް ފަލަސްތީނު މީހުންނަށް އަނިޔާ ކުރުމަކީވެސް މީހުންގެ ރުޅިވެރިކަން އިތުރުވެފައިވާ ސަބަބެއްކަމަށް މިލިޔުންތެރިޔާ ދެކެއެވެ.
އޭނާ ބުނަނީ ސިފައިން ފަލަސްޠީނު ރައްޔިތުންނަށް އަނިޔާކުރަނީ ދީނީ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ. އަދި މިމީހުން އަލްއަޤްޞާ މިސްކިތުގގެ ހުރުމަތް ކަނދަނީވެސް ދީނީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.