“ގާތް ގަޑަކަށް 100 އެއްހާ ބޮޑެތި މަސްދޯނިފަހަރު އާންމު ކޮށް މިސަރައްދުން މަސްވެރިކަން ކުރެއެވެ. މިހުރިހާ ދޯނިފަހަރު މިދެންނެވި ސަރަހައްދު މާކަޑުން މަސްބޭނުމަށް ފަހު މަސްކޮޅު ކިރުވުމަށްޓަކައި ހުވަދު އަތޮޅަށް މިސަރާބު ޖަހަ އެވެ. ފަރެސްމާތޮޑާ ކައިރިން އޮންނަ ކަނޑުއޮޅިން ވަނުމަށް ޓަކާއެވެ.” ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ހުވަދު އަތޮޅު ދެކުނު ބިތުން އާންމު ކޮށް ހުވަދު އަތޮޅުގެ އެތެރެވަރި އަށް ވަންނަން ބޭނުން ކުރަނީ ފަރެސްމާތޮޑާ ހިމެނޭ ފަޅުގެ އިރުމަތީ ކޮޅުގައި އޮންނަ ވެހެލީ ކަނޑާއި ހުޅަގުބިތުން އޮންނަ ފިޔޯރީ ކަނޑު ކަމަށެވެ. އަދި މަސްވެރިކަން ރަގަޅު ދުވަސްވަރު ކުދި ބޯޓުފަހަރަށް މަސްކިރުވޭ ވަރު ނުވާ ކަމަށާއި ދެތިންދޯނި މަސްކިރުވާ ތަނުން ބޯޓް ފުލްވާ ކަމަށެވެ. ދެން މަސްކިރުވަން ދާން ޖެހެނީ 35 ނޯޓިކަލް މޭލު ދުރުގައި އޮންނަ ގއ. ކޫއްޑޫ އަށް ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
”އައްޑު އަތޮޅާއި ދިމާލަށް 50 މޭލު ބޭރުން މަސްބާނައިގެން އައިސް ފަރެސްމާތޮޑާ އާއި އިންވެގެން މިއޮންނަ ފިޔޯރީ ކަނޑުން ވަދެގެން އަނެއްކާ 35 ނޯޓިކަލް މޭލަށް ދުއްވާފައި ގއ. ކުއްޑޫ އަށް ގޮސް މަސް ކިރުވުމަކީ ފަސޭކަމެއް ނޫނެވެ. މިގޮތައް މަސްކިރަން ދިގު ދަތުރެއް ކުރަން ޖެހމުގެ ސަބަބުން 1 ދުވަސް މަހަށް ނުފުރި ގެއްލިގެން އެބަ ދެއެވެ. އެތައް ފީފާއެއްގެ ތެޔޮ އަންދާލަން އެބަ ޖެހެއެވެ. އެތައް ވަގުތެއް ބޭކާރު ވެގެން އެބަދެއެ. މިއީ މިކަން ކުރަން އެންމެ ރަގަޅު ގޮތް ކަމަށް ތިބޭފުޅުން ގަބޫލު ކުރައްވަން ތޯ އެވެ؟” ކައުންސިލުން ބުނެއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ބުނީ އައްޑޫގެ މަސްވެރިން ނަށްވެސް ހުވަދު އަތޮޅަށް އެންވެރިކަން ކުރުމަށްޓަކައި މިދިގު ދަތުރު ކުރަން މަޖުބޫރު އެބަވާ ކަމަށާއި އެހެންކަމުން އައްޑޫ އިން މަސްކިރުވި ކަމުގައި ވިޔަސް އައްޑޫގެ މަސްވެރިންވެސް އައްޑުއަށް މަސްނުކިރުވާ ގިނަފަހަރަށް މިސްރާބު ޖަހަނީ ކޫއްޑޫ އަށް ކަމަށެވެ. މިހެން ވުމުގެ ސަބަބުން ކޫއްޑު ފުރިބާރުވެ މަސްކޮޅު ނުކިރި ބޭނި މަސްކޮޅު ކަނޑަށް އަޅާލަން ޖެހޭ ކަމަށް ކައުންސިލުން ބުނެއެވެ.
“ފަރެސްމާތޮޑާގައި މަސްވެރިކަން ކުރާ އެންމެ ޒަމާނީ ފެންވަރުގެ 10 މަސްދޯނި އޮވޭ. 300 މަސްވެރިން އުޅޭ. 95 އިންސައްތަ މަސްވެރިންނަކީ 30 އަހަރުން ދަށުގެ ޒުވާނުން. މަސްވެރި ކަމުގެ އުޖާލާ މުސްތަގުބަލެއް އެބައޮތް. ފިޔޯރީ، ރަތަފަންދޫ، ނަޑެއްލާގެ ގިނަ މަސްވެރިން މަހަށްދަނީ ފަރެސްމާތޮޑާ މަސްދޯނި ފަހަރުން.” ކައުންސިލުން ބުނެއެވެ.
ހުވަދު އަތޮޅަށް ބެލިޔަސް އަދި މުޅި ރާއްޖެއަށް ބެލިޔަސް މަސްވެރި ކަމުގައި ފަރެސްމާތޮޑާ އަކީ އެއްވަނަ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ކޮންމެ ދޯންޏެއްގައި އެންމެ ޒަމާނީ ފެންވަރުގެ މަސްފިނިކުރާ ނިޒާމް ވަނީ ހަރުކުރެވިފައިވާއިރު މިކަން ކުރަން ސަރުކާރުން ލޯނެއްގެ ގޮތުގައި ލޯލާރި އެއްވެސް އެއްވެސް މަސްދޯންޏަކުން ހޯދާ ފައެއް ނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިފްކޯ އަށް އެންމެ ތާޒާ ފިނިކުރި މަސް އެންމެ ގިނައިން ކިރުވާނީ ފަރެސްމާތޮޑާގެ މަސްވެރިން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން އާންމޮކޮށް 20 ޓަނަށްވުރެ ގިނަ އިން ރަނގަޅު މަސްވެރި ކަމެއްނަމަ ދުވާލެއްގެ މައްޗަށް މަސްބާނާ ކަމަށާއި އެހެން ގިނަ ރައްރަށު ދޯނިފަހަރު ބާނަނީ ފަސް ޓަނު ނުވަތަ ހަ ޓަނުމަސް ކަމަށެވެ.
ފަރެސްމާތޮޑާ ގެ މަސްވެރިން ނަށް އެއްވެސް ސަރުކާރަކުން މިއަދާއި ހަމައަށްވެސް މަސްވެރި ކަމާއި ގުޅޭ ދާއިރާ އަކުން އެއްވެސް ކަމައް ކޮށްދީ ފައެއް ނޯންނާނެ ކަމަށާއި ފަރެސްމާތޮޑާގެ މަސްވެރިން އެދެނީ ފަރެސްމާތޮޑާގައި މަސް ކިރުވައި ޕްރޮސެސްކޮށް ރައްކާކުރެވޭނެ ރަގަޅު ފެންވަރުގެ ފެސިލިޓީ އެއް ގާއިމް ކޮށް ދިނުމަށް ކަމަށެވެ.
މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކު މަސްވެރިންވެސް ބޭނުންވަނީ ފަރެސްމާތޮޑާގައި މިކަހަލަ ފެސިލިޓީއެއް ގާއިމް ކުރަން ދުއްވަންޖެހޭ ދުއްވުމާއި ހޭދަވާނެ ވަގުތު ސަލާމަތް ކުރެވެން އޮތީ މިގޮތް ހަދައިގެން ކަމަށް ވާތީ ކަމަށް ކައުންސިލުން ބުނެއެވެ.
”އާންމުކޮށް މަސްބާނާ ދުވަސްވަރެއްނަމަ ކޮންމެ ހަފްތާ އަކު ފަރެސްމާތޮޑާގެ މަސްވެރިން ފަރެސްމާތޮޑާ އަށް 7 މިލަޔަން ރުފިޔާ އެތެރެ ކުރޭ. ރަށަކީ ކުރިމަގު އޮތް ދިރުން އޮތް އިގްތިސާދީ ތަނަވަސް ރަށެއް. ފައިސާ ގިނަ އަދަދަކަށް ދައުރުވާ ރަށެއް. ޒުވާން މަސްވެރި ޖީލެއް އޮތް ރަށެއް.” ކައުންސިލުން ބުނެއެވެ.
އެރަަށު ކައުންސިލުން ބުނީ ސަރުކާރުން މިހާރު ގާއިމް ކުރަން އުޅޭ ދެ ފެސިލިޓީ، ކޫއްޑޫ އަދި ގދ. ތިނަދޫގައި، ގާއިމް ކުރުމަކީ މިދެންނެވި ދިގު ދަތުރު ކުރުމަށް ލިބޭނެ ހައްލެއް ނޫން ކަމަށާއި މަސްކިރުވުމަށް އިތުރު ފަސޭހަ އަކަށް ވެގެން ހިގައިދާނެ ކަމަށެވެ. އެކަމަކު ކޫއްޑޫ އާއި ހަމަޔަށް ދުއްވާ ދުއްވުން އަދި ގެއްލިގެންދާ ވަގުތު އެއްވެސް މިންވަރަށް ސަލާމަތެއް ނުވޭ ވަގުތާއި ދުރުމިނަށް ބަލާނަމަ މިހާރެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް ބުނެއެވެ.
“މިތަނުން ކޮންމެވެސް އެއް ފެސިލިޓީ އެއް ފަރެސްމާތޮޑާގައި ގާއިމް ކުރެވިއްޖެ ނަމަ މިދެންނެވި ވަގުތާއި ދުއްވަންޖެހޭ ދުއްވުން ސަލާމަތް ކުރެވިގެން ދާނެ. އަދި ފަރެސްމާތޮޑާގެ މަސވެރިންޓަކައި ސަރުކާރަށް ވެސް ކަމެއް ކޮށް ދެވުނީ. ފަރެސްމާތޮޑާގެ މަސްވެރިން މިތިބީ މިކަން ކޮށްދޭ ކޮންމެ ބައެއްގެ ފަހަތުގައި އަތާ އަތް ގުޅާލައިގެން. އަދި މިކަން ކޮޮށްދޭތޯ ބަލަން އާދޭސް ކުރަން ޖެހުނު ކޮށްމެ ބައެއް ކައިރީގައި އާދޭސް ކުރަން ތައްޔާރަށް.” ކައުންސިލުން ބުނެއެވެ.
ތި ފައިސާ ވަންނަނީ ކޮންތާކަށް..ރަށަށް އެއްވެސް ތަރައްގީއެއް ނުލިބޭ..