ސައޫދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. އަންހެނުންގެ ލީގްގައި ޖިއްދާއާއި ރިޔާޟާއި ދައްމާމްގެ 24 ޓީމަކުން ބައިވެރިވެއެވެ.

މިއީ މުބާރާތެއްގައި އަންހެނުންނަށް ވާދަ ކުރަން ލިބުނު ފުރަތަމަ ފަހަރެވެ.

ސްޓޭޑިއަމަށް ގޮސްގެން ސައޫދީ އަންހެނުންނަށް ފުޓްބޯޅަ ބެލުމުގެ މިނިވަންކަން ލިބިގެން ދިޔައީ 2018 ޖެނުއަރީގައެވެ.

ބިން ސަލްމާން ގެންނަވާ އިސްލާހުގެ ތެރޭގައި އަންހެނުންނަށް އެކި ދާއިރާތަކުން ގަބީލާ ގައުމުގައި އަޅާފައި ހުރި ހުރަސްތައް ނެތިކޮށްލުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފައި ވެއެވެ. އަދި އަންހެނުންނަށް ޚާއްސަ ކޮށްގެން ގޯލްފް ޓްރެއިނިންގ ދިނުމުގެ މަސައްކަތެއްވެސް މިހާރު ހިނގަމުން އެބަ ދެއެވެ.