ބޭނުންވާ ތަކެތި

80 ގުރާމު ބަޓަރ

100 ގުރާމު ކުކިން ޗޮކްލެޓް

2 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

¼ ޖޯޑު ހަކުރު

1 ޖޯޑު ފުށް

¼ ޖޯޑު ކޮކޯ ޕައުޑަރ

1 ސައިސަމުސާ ލޮނު

1 ސައިސަމުސާ ބޭކިން ޕައުޑަރ

½ ޖޯޑު ހޫނު ކިރު

300 އެމްއެލް ވިޕް ކްރީމް

1/3 ޖޯޑު މުގުރި ހަކުރު

ބިސްކޯދު

ތައްޔާރުކުރާނެ ގޮތް

ބޯތައްޓަކަށް ބަޓަރާއި ކުކިންޗޮކްލެޓް އަޅައި ހޫނު ފެންއެއްޗެއްގެ މަތީ ބަހައްޓަގެން ގިރާލާށެވެ. ދެން އެއަށް ބިހާއި ވެނީލާ އެސެންސް އަދި ހަކުރު އަޅައި އެއްކުރާށެވެ. އެއަށްފަހު ފުށާއި ކޮކޯޕައުޑަރ ބޭކިން ޕައުޑަރ ލޮނު ކޮޅު ފުރާނާލާފައި އަޅާ އެއްކުރާށެވެ. ހޫނު ކިރުވެސް އަޅައި ހުރިހާއެއްޗެއް ރަނަގަޅަށް ގިރާލާށެވެ. ހުރިހާއެއްޗެއް ރަނަގަޅަށް ގިރުމުން ކޭކު ފިހާ ޓްރޭއެއްގެ ދަށުގައި ބޭކިން ޕޭޕަރ އެޅުމަށްފަހު ގިރި ކޭކު އޮއްސާލާށެވެ. ދެނން އަވަން 180 ޑިގްރީގައި ބަހައްޓައިގެން ހޫނުކުރުމަށްފަހު ކޭކު ފިހެލާށެވެ. ގާތްގަޑަކަށް 25 މިނެޓުން ފިހެވޭނެއެވެ. ކޭކު ފިހެވުމުން ނަގާ ހިހޫކުރާށެވެ. ދެން މުގުރި ހަކުރާއި ވިޕް ކްރީމް އެއްކޮށް ގިރާ ވިޕްކޮށްލާށެވެ. އެއަށްފަހު ކޭކުމައްޗަށް ޗޮކްލެޓް ކްރީމް އަޅާށެވެ. ދެން އޭގެ މައްޗަށް ގިރި ވިޕްކްރީމް އަޅާށެވެ. ވިޕްކްރީމްގެ ބާކީ ހުރި ބައިން ކޭކު ޑެކަރޭޓްކޮށްލާށެވެ. ބޭނުންނަމަ، ޗޮކްލެޓް ކްރީމްވެސް ވިޕްކްރީމްގެ މައްޗަށް އަޅާށެވެ. އޭރަށް ޗޮކްލެޓް ބްރައުނީ ކޭކު ރީތި ވާނެއެވެ.