އެމެރިކާއިން އެއްކަހަލަ މައްސަލަތަކުގައި އެކި ގައުމުތަކާ މެދު ދެހަމައެއް ގެންގުޅޭ ކަމަށް ތުރުކީގެ ދިފާއީ ވަޒީރު ޚަލޫސީ އާކަރު ތުހުމަތު ކުރައްވައެވެ. ތުރުކީއާއި އިންޑިއާއަކީ، ރަޝިޔާއިން އެސް 400ގެ ދިފާއީ ނިޒާމު ގަނެފައިވާ ދެ ގައުމެވެ.
ރަޝިޔާއިން އީ-400 ސިސްޓަމް ގަތުމާ ގުޅިގެން އެމެރިކާއިން ވަނީ ތުރުކީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެއާ ޚިލާފަށް އިންޑިއާއަށް ފިޔަވަޅު އަޅަން ވާހަކަ ދައްކާފަ އެމެރިކާ ވަނީ އެކަމަށް ފަސްޖެހިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން × ރަޝިޔާއިން ދަނީ ނިއުދިއްލީއަށް އެންޓި-އެއަރ މިސައިލް ބެޓެރީތައް ޑެލިވަރީކުރުމުގެ މަސައްކަތް ފަށާފައެވެ.