މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ތިޖޫރީ ފަޅާލައި އޭގައިހުރި ފައިސާތަކެއް ވަގަށްނަގައިފިއެވެ.

އެތަނުން މިވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ތިޖޫރި ފަޅާލައި ނަގާފައިވަނީ ޕެޓީ ކޭޝްގެ ގޮތުގައި ބަހައްޓާފައިވާ ތިން ހާސް ހަ ސަތޭކަ ބާރަ ރުފިޔާއެވެ. މި ވައްކަން ކޮށްފައިވަނީ ތިޖޫރީގެ ތަޅު ހަލާކު ކޮށްގެންނެވެ.

މި މައްސަލަ މިހާރުވަނީ ޕޮލިހަށް ހުށަހަޅައިފައެވެ. ތިޖޫރި ފަޅާލައިފައިވާކަން އެނގުނީ އެތަނުގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތުމުންނެވެ.

ފުލުހުން ވިދާޅުވީ މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލި މައްސަލަ މިއަދު ހެނދުނު 9:15 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.