އަލީ ސޮބްރީ ސްރީލަންކާގެ ޖަސްޓިސް މިނިސްޓަރަކަށް ހަމަޖައްސައިފިއެވެ. މިއަދު އޭނާ ވަނީ މަގާމުގެ ހުވައި ކުރައްވާފައެވެ. ޢަލީ ސޮބްރީ ޖަސްޓިސް މިނިސްޓަރަކަށް ހަމަޖައްސާފައި ވަނީ މިހާރު އޭނާ ހަވާލުވެ ހުންނެވި މާލީ ވުޒާރާގެ ވަޒީރުކަމާއެކުގައެވެ.
މިދިޔަ ސަރުކާރުގައިވެސް އަލީ ސޮބްރީ ހުންނެވީ ޖަސްޓިސް މިނިސްޓަރުގެ މަގާމުގައެވެ. ސްރީލަންކާގެ ދަރަންޏާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު މަޝްވަރާތައްވެސް ކުރިއަށް ގެންދަވަނީ އަލީ ސޮބްރީއެވެ.