ބޭނުންވާ ތަކެތި
1 ޕެކެޓް ބިސްކޯދު
ފުރަތަމަ ލެޔާއަށް
½ ޖޯޑު ހަކުރު
3 މޭޒުމަތީސަމުސާ ކޯން ފުލާ / ކޯން ސްޓާޗް
3 މޭޒުމަތީސަމުސާ ގޮދަން ފުށް
3 މޭޒުމަތީސަމުސާ
2 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ
3 ޖޯޑު ފުލްކްރީމް މިލްކް
1 މޭޒުމަތީސަމުސާ ބަޓަރ
1 ސައިސަމުސާ ވެނީލާ އެސެންސް
2ވަނަ ލެޔާއަށް
½ ޖޯޑު ހަކުރު
3 މޭޒުމަތީސަމުސާ ކޯން ފުލާ / ކޯން ސްޓާޗް
3 މޭޒުމަތީސަމުސާ ގޮދަން ފުށް
3 މޭޒުމަތީސަމުސާ
3 ޖޯޑު ފުލްކްރީމް މިލްކް
1 މޭޒުމަތީސަމުސާ ބަޓަރ
1 ސައިސަމުސާ ވެނީލާ އެސެންސް
ޗޮކްލެޓް ސޯސްތައްޔާރުކުރުމަށް
1 ޖޯޑު ފެން
½ 1 މޭޒުމަތީސަމުސާ ހަކުރު
½ 1 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ
½ 1 މޭޒުމަތީސަމުސާ ކޯން ފުލާ/ ކޯން ސްޓާޗް
1 މޭޒުމަތީސަމުސާ ބަޓަރ
75 ގުރާމު ކުކިން ޗޮކްލެޓް
ޑެކަރޭޓް ކުރުމަށް ޗޮކްލެޓާއި ނަޓް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އެންމެފުރަތަމަ ޓާޓު ހަދާނެ ޓްރޭއެއްގައި ބިސްކޯދު އަތުރާށެވެ. ބިސްކޯދު އަތުރާނީ ޓްރޭގެ އެތެރޭގަޔާއި ވަށައިގެން އެތެރޭގައެވެ. އެއަށްފަހު ފުރަތަމަ ލެޔާކައްކާށެވެ. ކައްކާނީ ½ ޖޯޑު ހަކުރު، 3 މޭޒުމަތީސަމުސާ ކޯން ފުލާ ނުވަތަ ކޯން ސްޓާޗް، 3 މޭޒުމަތީސަމުސާ ގޮދަން ފުށް، 2 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ، ޖޯޑު ފުލްކްރީމް މިލްކް ރަނގަޅަށް ގިރުމަށްފަހުއެވެ. ކައްކާ ރަނގަޅަށް އޮލަވުމުން ބަޓަރާއި ވެނީލާ އެސެންސް އަޅާށެވެ. މިގޮތަށްކައްކާނީ އުނދުނުގެ ގިނި މަޑުކޮށްގެން ރަނގަޅަށް ހަލަމުންނެވެ. އެއަށްފަހު އުނދުންމަތިންބާލާ ހޫނުކަން ހުއްޓާ ޓްރޭގައި އެތުރި ބިސްކޯދުތަކުގެ މައްޗަށް އަޅާލާށެވެ. ދެން އަނެއްލެޔާ ކްރީމް ކައްކާށެވެ. މި ފަހަރު ކޮކޯ ޕައުޑަރ ނާޅައެވެ. ކައްކާ ރަނގަޅަށް އޮލަވުމުން ޗޮކްލެޓް ލެޔާ މައްޗަށް އަޅާލާށެވެ. އެއަށްފަހު ޗޮކްލެޓް ސޯސް ތައްޔާރުކުރުމަށް 1 މޭޒުމަތީސަމުސާ ހަކުރު، ½ 1 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ، ½ 1 މޭޒުމަތީސަމުސާ ކޯން ފުލާ ނުވަތަ ކޯން ސްޓާޗް ތެއްޔަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފެންއަޅައިގެން ރަނގަޅަށް ގިރާލާށެވެ. ދެން އުނދުންމައްޗަށް އުދައިގެން ދޭފަތަކުން ހަލަމުން ވަރަށް ބޮޑަށް އޮލަވަންދެން ކައްކާލާށެވެ. ރަނގަޅަށް އޮލަވުމުން ކުކިން ޗޮކްލެޓާއި ބަޓަރ އަޅައިގެން އަނެއްކާވެސް އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު ވައިޓް ކްރީމް މައްޗަށް އަޅާށެވެ. ދެން ޗޮކްލެޓާއި ނަޓްސް އިން ޑެކަރޭޓްކޮށްލާށެވެ. އެއަށްފަހު ފިނިކޮށްލުމަށް ފްރިޖަށްލުމަށްފަހު ނަގާށެވެ.
ބިސްކޯދު ޓާޓަކީ ކުޑަކުދިންނަށާއި ބޮޑެތިމީހުނަށްވެސް ވަރަށް ކަމުދާ ބާވަތެކެވެ.