ބޭނުންވާ ތަކެތި

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

2 ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

½ މޭޒުމަތީސަމުސާ ޗިލީ ސޯސް

1 ސައިސަމުސާ ވިނިގާ

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

½ ޖޯޑު ފެން

1 ޓޮމާޓޯ (ކޮށާފައި)

1 ފިޔާ (ދިގުކޮށް ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި)

2 މޭޒުމަތީސަމުސާ ޒުވާރީ

1 މޭޒުމަތީސަމުސާ ޗިލީ ގާލިކް ސޯސް

1 މޭޒުމަތީސަމުސާ މަޔޯނައިސް

ރަހަލާވަރަށް ލޮނު

1 ޖޯޑު މޮޒެރައްލާ ޗީޒް

4 ހޮޓްޑޯގް ބަން

ތައްޔާރުކުރާނެގޮތް

ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައަްޗަށް އުދާ ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅު މަސްގަނޑު އަޅާށެވެ. ދެން ލޮނުމެދު ކޮޅުވެސް އަޅައި ކުކުޅުމަސްގަނޑު ހަނާކޮށްލާށެވެ. ދެން ފެން އަޅައިގެން ކުކުޅު މަސް ރޯފިލަންދެން ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ. އެއަށްފަހު ކެޕްސިކަމް، ފިޔާ، މިރުސް، އަސޭމިރުސް ވިނިގާ، ޒުވާރި، މަޔޯނައިސް އަދި ހުރިހާ ސޯސް އެއް އަޅައި މަސްގަނޑާ އެއްކޮށްލާށެވެ.

ދެން ބަން މެދުން ފަޅާލުމަށްފަހު ދެފަޅި ވަކިކޮށްލާށެވެ. އެއަށްފަހު އެއްފަޅީގައި ޗިލީ ސޯސް އަނެއްފަޅީގައި މަޔޯނައިސް އުނގުޅާށެވެ. ދެން އެއްފަޅިއަށް ތައްޔާރުކުރި މަސްގަނޑު އަޅާށެވެ މަސްގަނޑު މައްޗަށް ޗީޒްވެސް އަޅާށެވެ. އެއަށްފަހު ބަންގެ އަނެއްފަޅި މަތީގައި ބާއްވާށެވެ. ދެން ބަންގެ މަތީގައި ބަޓަރ އުނގުޅުމަށްފަހު މައްޗަށްވެސް ޗީޒް އަޅާށެވެ. އެއަށްފަހު ޓްރޭގައި ފޮއިލް އަޅައި ބަންތައް އަތުރާށެވެ. ދެން އަވަން 180 ޑިގިރީގައި ބަހައްޓައިގެން ޗީޒްތައް ދިޔާވަންދެން ފިހެލާށެވެ.