ޗައިނާގެ ފެހި ބިޔަ ފާރަކީ، ޗައިނާ ފެހި ކުރުމަށް ފަށާފައިވާ މަޝްރޫއެވެ. ކޮންމެ ރަބީއު މޫސުމެއްގައި މަސްއޫލުވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ކުންފުނިތަކުގެ މީހުން ބައި ހަދައިގެން ގޮސް ގަސްތައް އިންދައި ހަދައެވެ. ފިލްމީ ތަރިންވެސް ސަފަށް އެތުރިގެން ގަސް އިންދާ ފެހި އެމްބެސެޑަރުންގެ ދައުރު އަދާ ކުރެއެވެ.

ޗައިނާގައި ގައުމީ ފެންވަރުގައި ގަސް އިންދަން ފާހަގަ ކުރާ ދުވަހަކީ މާޗް މަހުގެ 12 ވަނަ ދުވަހެވެ.

ޗައިނާގެ ހަނަފަސް ގޯބީ ސަހަރާގައި ޖަންގަލީއެއް ބިނާ ކުރުމުގެ ޕްރޮގްރާމަކީ 1978ން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

ޗައިނާގެ އަމާޒަކީ، ގަލޮޅު ދަނޑު ސައިޒްގެ 65 މިލިއަން ދަނޑުގެ ސަރަހައްދެއްގައި ގަސް އިންދައި ފެހި ކުރުމެވެ. 2050 އަންނަ އިރަށް މިއަމާޒަށް ވާސިލުވާން ޖެހެއެވެ.

ނާސާގެ ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި 1978ގައި ޗައިނާގެ ޖަންގަލީތައް 12 ޕަސެންޓްގައި އޮތުމަށްފަހު މިހާރު ވަނީ 22 ޕަސެންޓަށް އިތުރު ވެފައެވެ.