ބޭނުންވާ ތަޭކެތި

2 ޖޯޑު ގޮދަން ފުށް

1 ކާށީގެ ހުނި

1 ލުނބޯގެ ހުތް

3 މޭޒުމަތީސަމުސާ ކުކުޅު ހަވާދު

½ ޖޯޑު ކާށި ކިރު

1 ފިޔާ (ބޮޑު)

1 ގިތޮޔޮ މިރުސް

2 ގަނޑު ވަޅޯމަސް

ރަހަލާވަރަށް ލޮނު

2 ހިކަނދިފަތް

2 އިންޗި ރޯ އިނގުރު

ރަހަލާވަރަށް ލޮނު

ކުޑަ ރީނދޫ ކޮޅެއެއް

2 މޭޒުމަތީސަމުސާ ކުކިން އޮއިލް

ތައްޔާރުކުރާނެ ގޮތް

ކާށިން ހުނި ގޭނުމަށް ފަހު ފިޔާ މިރުސް ހިކަނދިފަތް އަދި މަސް ކޮށާށެވެ. ދެން ފިޔާ ހިކަނދިފަތް މިރުސް ހުތް ޖަހައިގެން އިނގުރުކޮޅު ގާނާފައި އެއަށް އަޅައި ލޮނާއި ރީނދޫ އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު މަހާއި ހުނިވެސް އަޅައި އެއްކޮށް މޮޑެލާށެވެ. މަސްގަނޑު މޮޑުނިމުމުން ތެއްޔަކަށް ތެޔޮ ހިކަނދިފަތް ރާނބަފަތް އަޅައި ފިޔާ އަޅައިގެން ރަތްކޮށްލުމަށްފަހު ކުކުޅުހަވާދުކޮޅު އަޅައިގެން ހަނާކޮށްލާށެވެ. ދެން ހަނާކުރި ކުކުޅުހަވާދުކޮޅުން ½ ސަމުސާ މޮޑުނު މަސްގަނޑާއެއްކޮށްލުމަށްފަހު އަލުން މޮޑެލާށެވެ. އެއަށްފަހު ރޮށި ފިހަން ފުނމޮޑޯގޮތަށް ތެލާއި ހޫނުފެން އަދި ލޮނު އަޅައިގެން ފުށްގަނޑެއް މޮޑެލާށެވެ. އަދި ފުށްގަނޑުން ކުދި ގުޅަޖަހާށެވެ. ދެން މޮޑުނު މަސްގަޑުންވެސް ކުދި ގުޅަ ޖެހުމަށްފަހު ފުށްގުޅަތެރެއަށް މަސްގުޅަ ލައި ބިސް ބައްޓަމަށް ފުށްގަނޑު ވަށާލާށެވެ. އެއަށްފަހު ތެއްޔެއްގައި ފެން ހޫނުކުރުމަށްފަހު ތައްޔާރުކުރި ބިސްތައް ކައްކާލާށެވެ. ބިސްތައް ކެކުމުން ފެނުން ނެގުމަށްފަހު ތޮރުފި ތައްޓަކަށް އަޅާށެވެ. ދެން ކެއްކި ހަވާދު ކޮޅުތެރެއަށް ކިރުފޮދު އަޅައިގެން ކައްކާލުމަށްފަހު ބިސްތައް އަޅައި ހަވާދާ އެއްކޮށްލާށެވެ. ހަވާދުގައި 5 ވަރަކަށް މިނެޓު ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ. މިއީ ކުރީ ޒަމާނުގައި ދިވެހި ހަވާދުލީ ބިސް ތައްޔާރުކުރަމުން އައި ގޮތެވެ.