ކުޑަ އީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތަކީ ހަވީރު 4:00 އިން ރޭގަނޑު 8:00 އެވެ.މި ވަގުތުތަކުގައި މަގުމަތީގައި އުޅެން ޖެހޭނީ ފައިމަގުގަ އެވެ. މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާ އަކުންނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އީދު ދުވަހު ފައިމަގުގައި އުޅެން ނިންމުމުން އާންމުންނަށް ދިމާވި އުނދަގޫތަކަށް ރިއާޔަތްކޮށް ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.