27 އަހަރު ފަހުން ފުރަތަމަ ފަހަރަށް ނަގޯރްނޯ ކަރަބާޚްގައި ހުކުރު ކޮށްފިއެވެ. ނަގޯރްނޯ ކަރަބާޚްގެ އަގްދާމްއަކީ 40 ހާސް މީހުންގެ އާބާދީއެއް އޮތް ރަށެވެ. ރޭލް ސްޓޭޝަނާއި އެއަރޕޯޓަކާއި ފެކްޓްރީތައްވެސް މަސައްކަތް ކުރި ތިޔާގި ސިޓީއެކެވެ.

ނަގޮރްނޯ ކަރަބާޚްގެ ފުރަތަމަ ހަނގުރާމައިގައި އަޒަރްބައިޖާން ސިފައިން މިސިޓީ ބޭނުންކުރީ އެމީހުންގެ ދިފާއީ މަރުކަޒަކަށެވެ.

ވީރާނާވެފައި: އަގްދާމް

މިތަން އަރްމީނިއާ ސިފައިންގެ އަތްދަށަށް ދިއުމުން ރަށްވެހިން ފައްސާލުމުން މުޅި ސިޓީއާއި ވަށައިގެންވާ ހުރިހައި ހިސާބެއް އޮތީ ފަޅު ކޮށްފައެވެ.

ރަޝިޔާ މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން މި ސިޓީ ވަނީ 20 ނޮވެމްބަރުގައި އަޒަރްބައިޖާން އާ ޙަވާލުކޮށްފައެވެ. 19 ނޮވެމްބަރުގައި ރަޝިޔާ ސިފައިންނާއެކު އަޒަރްބައިޖާން މީހުން މިތަނަށް ވަދެފައި ވެއެވެ.

އަރްމީނިއާގެ ދަށުގައި އޮތް އިރު، އަގްދާމަށް ނޫސްވެރިން އެކި ފަހަރުމަތިން ކުރި ޒިޔާރަތުގައި މި ސިޓީގެ މިސްކިތުގައި އޫރާއި ޖަނަވާރު ގެންގުޅެފައިވާ ކަމަށް ފޮޓޯ ނަގައި ރިޕޯޓް ކޮށްފައި ވެއެވެ. މިކަމުގައި މުސްލިމު ޖަމާއަތްތަކުން ވަނީ ވެޓިކަންގެ އިސްފާދިރީއަށް ޝަކުވާކޮށް، މިސްކިތުގެ ހުރުމަތް ނެގެއްޓުމަށް އަރްމީނިއާއަށް ބާރުއެޅުމަށް ޕޯޕް އަރިހު އެދިފައެވެ.

ވީރާނާވެފައި: އަގްދާމްގެ މިސްކިތުގެ އެތެރެ/ ފޮޓޯ ޓަރކްޕޯސްޓް