ބޭނުންވާ ތަކެތި

½ ކިލޯ ގެރިމަސް (ބީފް)

20 ލޮނުމެދު

1 ފިޔާ

1 މޭޒުމަތީސަމުސާ އަސޭމިރުސް

8 ކަރަންފޫ

2 ކާފޫރުތޮޅި

20 ހިކިމިރުސް

1 މޭޒުމަތީސަމުސާ ދިރި

1 ސަމުސާ ލޮނު

½ 2 ޖޯޑު ފެން

1 ޖޯޑު މުގު

2 ސަމުސާ ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކޮރިއަންޑާ ލީވްސް

½ ޖޯޑު މިންޓް ލީވްސް

1 ބިސް

1 މޭޒުމަތީސަމުސާ އިނގުރު (ޗަސްކޮށްފައި)

3 މޭޒުމަތީސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް

ތެއްޔަކަށް ގެރިމަހާއި، ލޮނުމެދު، ފިޔާ (ބޮޑެތިކޮށް ކޮށާފައި) އަސޭމިރުސް، ކަރަންފޫ، ކާފޫރުތޮޅި، ހިކިމިރުސް، ދިރި، ލޮނު އަދި ފެން އެޅުމަށްފަހު މަތިޖަހައިގެން 45 މިނެޓް ކައްކާށެވެ. މިގޮތަށް ކައްކާއިރު ފެން ހިނދޭތޯ ބަލަން މަތިނަގަންވާނެއެވެ. ފެން ހިނދިއްޖެނަމަ، ފެންފޮދެއް އަޅަންވާނެއެވެ. ދެން މުގު އެޅުމަށްފަހު ބައިގަޑި އިރު ކައްކާލާށެވެ. ފެންފޮދު ހިނދެންވާނެއެވެ. އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން ހުރިހާއެއްޗެއް އެއްކޮށް މިކުސަރުގަ ހިމުންކޮށްލާށެވެ. ދެން ގޭނި އިނގުރާއި ގްރީންޗިލީ، ކޮރިއަންޑާ ލީވްސްއާއި، މިންޓް ލީވްސް، ބިސް ހަނޑޫ ފުށް (ހަނޑޫފުށް ނާލާވެސް ކަބާބު ހެދޭނެއެވެ.) އަޅައި މަސްގަނޑު މޮޑެލާށެވެ. އެއަށްފަހު ގުޅަ ޖަހައިގެން ކަބާބު ހަދާށެވެ. ދެން ތަވަޔަކަށް 3 ސަމުސާ ތެޔޮ އަޅައި ހޫނު ކުރާށެވެ. ތެޔޮ ހޫނުވުމުން ތައްޔާރުކުރި ކަބާބުތައް ތަވާގައި އަތުރައި ފުށުން ޖަހަމުން ތެއްލާށެވެ. ތެއްލާއިރު އުނދުނުގެ ގިނި އެހާ ގަދަ ނުކުރާށެވެ.