މެދު ރާއްޖެތެރޭ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މި މަހުގެ 26 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑާއާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޖެންޑަރ އިން ގެންދާ ރައްކާތެރި މާހައުލު ވަރަށް ރަނގަޅަށް އެނގޭ. ވާނެ ހައެއްޗެއްވީމަ ފިޔަވަޅު އަޅަން ދަންނަ ބައެއް އެއީ