ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން (ކޮށާފައި)

3 މޭޒުމަތީސަމުސާ ތެޔޮ

½ ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

½ ސައިސަމުސާ އިނގުރު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

½ ސައިސަމުސާ މުގުރި ދިރި

½ ސައިސަމުސާ ގަރަމް މަސާލަ

¼ މޭޒުމަތީސަމުސާ ލޮނު

½ 1 މޭޒުމަތީސަމުސާ ތަނދޫރީ މަސާލަ

1 ޖޯޑު ފެން

3 މޭޒުމަތީސަމުސާ މަޔޯނައިސް

1 ޖޯޑު ޗީޒް

1 ޕާން

2 ބިސް

1 ޖޯޑު ފާރޮށި ކުނޑި

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ތަވަޔަކަށް ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. ދެން ކުކުޅުމަސްކޮޅު އަޅައި 2 މިނެޓް ކައްކާލާށެވެ. އެއަށްފަހު ލޮނުމެދު، އިނގުރު، މުގުރި މިރުސް، ހަވާދު، ލޮނު އަޅައިގެން ކައްކާލާށެވެ. ދެން ފެން އަޅައިގެން ކުކުޅު ރަނަގަޅަށޤ ރޯފިލަންދެން ކައްކާލާށެވެ. ކައްކާ ނިމޭއިރު ފެންފޮދު ހިނދެންވާނެއެވެ. ދެން ހިހޫކުރުމަށްފަހު މަޔޯނައިސް އާއި ޗީޒްވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ޕާންފޮތި ތަކުގެ ކައިރި ކަފާށެވެ. ދެން ރޮށިދަމާ ދަނޑިގަނޑުން ޕާންފޮތިތައް ދަމާ ފަތާކޮށްލާށެވެ. އެއަށްފަހު ޕާންފޮތި މައްޗަށް މަސް އަޅައި ރޯލް ގޮތަށް އޮޅާލާށެވެ. ދެން ފެންފޮދެއް އުނގުޅުމަށްފަހު ތަތްކޮށްލާށެވެ. ދެކޮޅުވެސް ފެންފޮދަކުން ތެއްމާލުމަށްފަހު ބައްދާލާށެވެ. ދެން ބިސް ގިރުމަށްފަހު ބިހުގައި ފޯކޮށްފައި ފާރޮށި ކުނޑި އުނުގުޅާށެވެ. އެއަށްފަހު ތާހެއްގައި ތެޔޮ ހޫނުކޮށް ތެއްލާށެވެ.