ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

2/1 1 ޖޯޑް ފުށް

1 ޖޯޑް ހަކުރު

3 ފެޝަންފުރުޓް

ކުޑަ ލޮނުކޮޅެއް

3 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް

ހަކުރާއި ބަޓަރ ރަނަގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސް އެއްކުރާށެވެ. ކުޑަ ރީދޫކޮޅެއްވެސް އަޅާށެވެ. ދެން ލޮނުކޮޅާއި، ފުށާއި ބޭކިންޕައުޑަރ އަދި ފެޝަންފުރުޓެއްގެ ދިޔަ ވެނީލާ އެސެންސްވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ތެޔޮ އުގުޅާފައި ނޫނީ ބޭކިން ޕޭޕަރ އަޅާފައި ކޭކުގެ ފުށްގަނޑު އަޅައި އަވަން ގައި ފިހެލާށެވެ.

ކްރީމް ތައްޔާރުކުރާނެގޮތް

4/3 ޖޯޑް މުގުރި ހަކުރު، 1 ޖޯޑު ވިޕް ކްރީމް .

އެންމެ ފުރަތަމަ ވިޕް ކްރީމް ވިޕް ކޮށްލާށެވެ. އެއަށްފަހު ހަކުރު އަޅައި އެއްކޮށްލާށެވެ. ދެން 2 ފެޝަންފުރުޓްގެ ދިޔަ އަޅާ ސަމުސަލަކުން އެއްކުރާށެވެ. އެއަށްފަހު ކޭކު ހިހޫވުމުން ތައްޔާރުކުރި ވިޕްކްރީމް ކޭކުމަތީގައި ފަތުރާލާށެވެ. ދެން ވިޕްކްރީމްގެ މައްޗަށް ފެޝަން ފްރުޓްގެ އޮތް ދިޔަ އާއިއެކު އަޅައި ރީތިކޮށްލާށެވެ. އެއަށްފަހު ބޭނުންނަމަ، އައިސްއަލަމާރިއަށް ލައި ފިނިކޮށްލާށެވެ. ފެޝަންފުރުޓް ކޭކު ތައްޔާރުކުރެވުނީއެވެ.