ބޭނުންވާ ތަކެތި

2 އަލުވި

1 ދަޅު މަސް

1 ގިތެޔޮމިރުސް

1 ސައިސަމުސާ މުގުރި އަސޭމިރުސް

2 ފިޔާ

1 ލުނބޯ

ކުޑަ ލޮނުކޮޅެއް

2 ބިސް

ފާރޮށިކުނޑި

ތެއްލަން ތެޔޮ

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ އަލުވި ރަނގަޅަށް މަޑުކުރާށެވެ. ދެން ފިޔައާއި މިރުސް ކޮށުމަށްފަހު ހުތާއި ލޮނު ޖަހައިގެން މޮޑެލާށެވެ. އެއަށްފަހު އަލުވި ތޮށި މެށުމަށްފަހު ޗަސްކޮށްފައި މަހާއި އަލުވި ވެސް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު މުގުރި އަސޭމިރުސްވެސް އަޅާ މަސްގަނޑާއެއްކޮށްލާށެވެ. ދެން ތެއްޔަކަށް ތެޔޮފޮދެއް އަޅައި ތެޔޮ ފޮދު ހޫނުވުމުން މަސްގަނޑު އަޅައި ހަނާކޮށްލާށެވެ. މަސްގަނޑު ހަނާވުމުން އުނދުންމަތިން ބާލާށެވެ. މަސްގަނޑު ހިހޫވުމުން ރޯލް ހަދާށެވެ. ދެން ބިހެއް ތައްޓެއްގައި ގިރާލާށެވެ. އެއަށްފަހު ތައްޔާރު ކުރި ރޯލްސް އެ ބިހުގެ ތެރެއަށް ލާށެވެ. ދެން ނަގައި ފާރޮށި ކުނޑި އުނގުޅުމަށްފަހު ތެއްލާލާށެވެ.