ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

½ 1 ޖޯޑު ފުށް

¼ 1 ޖޯޑު ހަކުރު

3 އޮރެންޖުގެ ހުތް

1 ސައި ސަމުސާ ބޭކިން ޕައުޑަރ

ކުޑަ ލޮނުކޮޅެއް

3 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

1 ޖޯޑު ވިޕް ކްރީމް

2 މޭޒުމަތީސަމުސާ މުގުރި ހަކުރު

2 މޭޒުމަތީސަމުސާ އޮރެންޖު ތޮށި (ގާނާފައި/ ހިމުންކޮށް)

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އޮރެންޖު ހުތާއި ބިސް އެއްކުރާށެވެ. ދެން އެސެންސާއި ބޭނުންނަމަ ކުޑަ އޮރެންޖު ކުލަ ކޮޅެއްވެސް އަޅާލާށެވެ. އެއަށްފަހު ލޮނުކޮޅާއި، ފުށާއި ބޭކިންޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން ކޭކު ފިހާ ޓްރޭއެއްގަ ތެޔޮ އުގުޅައި ނޫނީ ބޭކިން ޕޭޕަރ އަޅައި އެއަށް ގިރި ކޭކްގެ ފުށްގަނޑު އަޅާލާފައި އަވަން ގަ ފިހެލާށެވެ. ކޭކު ފިހެވުމުން އަވަނުން ނެދުމަށްފަހު ކްރީމް ތައްޔާރުކުރާށެވެ.

ވިޕް ކުރީ ރަންގަޅަށް ވިޕް ކުރުމަށްފަހު ހަކުރު އަޅާށެވެ. އެއަށްފަހު އޮރެންޖު ހުތް އަޅައި އެއްކޮށްލާށެވެ. ދެން ފިހުނު ކޭކުމަތީ ވިޕްކްރީމް ލެޔާ ފަތުރާލާށެވެ. އެއަށްފަހު ކޭކު މަތި އޮރެންޖު ތޮށިން ޑެކަރޭޓް ކޮށްލާށެވެ.